ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމުން އިސްލާމީ ވަޒީރު ޑރ، ޝަހީމްގެ ހެޔޮ ދުޢާ ޝައިޚަށް!

ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނަށް މާތް ﷲ ގެ ތަނަވަސް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުޢާކުރާމެވެ. އާމީން
‎ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު  އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ.
‎މި ހިތާމަވެރި ދަނޑިވަޅުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައްޔާއި ޢިލްމުވެރިންގެ ނަމުގައި ޝައިޚުގެ ޢާއިލާއަށް އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަމެވެ. 
إنا لله وإنا إليه راجعون. آمين.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ