ހާލުދެރަވެގެން ފަރުވާދެނިކޮށް 45 އަހަރުގެ ގައިދީއަކު މަރުވެއްޖެ
މާފުށީ ޖަލުގައި ހުރި ގައިދީއަކު ހާލުދެރަވެގެން ފަރުވާދެނިކޮށް ރޭ މަރުވެއްޖެއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް، ނ. މާފަރު، ހިތްފަސޭހަގެ އުމުރުން 45 އަހަރުގެ މޫސާ ހަސަންގެ ހާލު ދެރަވެގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އޭޕްރިލް މަހުކަމަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް، ހިތް ހުއްޓިގެން މަރުވީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ކަރެކްޝަންއިން ބުންޏެވެ. މޫސާ ހަސަންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުން ދިޔަ މީހެކެވެ. މޫސާ ޙަސަން މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި ކަާ ގުޅުން ހުރި އިދާރާތަކަށް އަންގާފައި ވާކަމަށް ކަރެކްޝަނުން ބުންޏެވެ. ރާއްޖޭގެ ޖަލުތަކުގައި ބަންދު ކޮށްފައި ތިބި ކުށްވެރިންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށް މީގެ ކުރިން ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ