ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހޮސްޕިޓަލަށް 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'ގެ ނަމުން ނަންދީ، އެ ހޮސްޕިޓަލުގެ ތަފްސީލީ ޑިޒައިންގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ:
ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވަ ސަފީރު ކޮންގް ޒިއަންހުއާ
ތަފްސީލް - ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޗައިނާގެ އެހީގައި ވިލިމާލޭގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ.
އެ ހޮސްޕިޓަލުގެ ތަފްސީލީ ޑިޒައިން މަސައްކަތުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ އެ މަޝްރޫއުގެ ފީޒިބިލިޓީ މަސައްކަތް ނިންމުމަށް ފަހު އެވެ.
ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ އެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފަށައި ދެ އަހަރުން ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ ހޮސްޕިޓަލު ތަރައްގީ ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ ސެންޓަރަކާ އެކު އެވެ. މީގެ އިތުރުން، ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށް ދޭ ހާއްސަ ފަރުވާ އާއި ޑީކޯވާ މީހުންނަށް ދޭ ފަރުވާ އާއި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭނެ އެވެ.
ވިލިމާލެ ހޮސްޕިޓަލުގެ ތަފްސީލީ ޑިޒައިންގެ މަސައްކަތަށް ޗައިނާއާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ