ކާމިޔާބީ ފާހަގަކުރަން ޕެރިހުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ހަމަނުޖެހުމަށް ބަދަލުވެ 2 މަރު!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހިނިހިރު ދުވަހުގެ ރޭ ހޯދި މެޗަށް ފަހު ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް ފްރާންސުގެ ޕެރިހުގައި ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ދެމީހަކު މަރުވެ އަތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފްރާންސުގެ ދާޚިލީ ވުޒާރާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖަރުމަނުގެ ވެރިރަށް މިޔުނިކުގައި ހޮނިހިރު ދުވަހުގެ ރޭ އިންޓަ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗަށް ފަހު، ޕީއެސްޖީ އެއަވަށަކަށް ނިސްބަތްވާ ޕެރިހުގައި ރޭ މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނުކުމެ ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އަމަން އަމާންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ފުލުހުންނާއި ސަޕޯޓަރުންނާއި ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވެރިރަށުގެ ޗެމްޕްސް-އެލިސީސް އެވޭއަށް މީހުން ޖަމާވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި، ވެރިރަށުން 491 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފްރާންސްގެ އެކި ކަންކޮޅުތަކުން ޖުމްލަ 559 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ޔޫރަޕްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން މި ހަމަނުޖެހުންތަކުގެ ތެރޭގައި ދެ މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި މަގުތައް ބާރުބޮޑުވެ ހިނގި އެކްސިޑެންޓެއްގައި މަރުވި މީހަކު ހިމެނެއެވެ. އަދި ދެވަނަ މީހާއަކީ ޕީއެސްޖީގެ ކާމިޔާބީއާއި ދެކޮޅަށް އަޑުއުފުލި މީހެއް ކަމަށާއި އޭނާ މަރުވީ ސަޕޯޓަރުންތަކެއް އޭނާއަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ 17 އަހަރުގެ ޒުވާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ