މިލާން (ޖެނުއަރީ 24) - މެންޗެސްޓާ ސިޓީގެ ވައިސް ކެޕްޓަން، ކައިލް ވޯކާ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުރިން ޓޮޓެންުހަމް ހޮޓްސްޕާސް އަށް ވެސް ކުޅުނު ވޯކާ، 34، އަށް ސައުދީ އަަރަބިއްޔާގެ ކްލަބްތަކުން ބޮޑު މުސާރަ ލިބޭ ހުށަހެޅުންތަކެއް ލިބިފައިވަނިކޮށް، އޭނާ މިލާނަށް ސޮއިކުރީ ޔޫރަޕްގެ މަތީ ފަންތީގައި އަދިވެސް ކުޅެން ބޭނުންވާތީ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ވޯކާއާ އެކު، މިލާނުން މި ވަގުތަށް ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގައި ސޮއިކުރާއިރު، އެ ކޮންޓްރެކްޓްގައި ހިމަނާ މާއްދާއެއްގައި ވަނީ، މިލާނުން ބޭނުންވާ ކަންކަން ފުރިހަމަވެއްޖެނަމަ، ދާއިމީ ކޮންޓްރެކްޓެއް ދޭން ހިމަނައިފަ އެވެ.
ޓޮޓެންހަމް އަށް 60 މިލިއަން ޑޮލަރު ދީފައި، ސިޓީން 2017 ވަނަ އަހަރު ގަތް ވޯކާ ވަނީ އެ ޓީމުގައި މުހިންމު ދައުރެއް މިދިޔަ އަށް ވަރަކަށް އަހަރު ތެރޭ އަދާކޮށްފަ އެވެ. ސިޓީގެ ސްކޮޑުން 2023 ވަނަ އަހަރު ނެގި ކްލަބް ކެޕްޓަނުންގެ ޕޫލުގެ ތެރޭގައި ހިމެނުނު، ވޯކާ އެ ކްލަބް ދޫކޮށްލަން ނިންމީ ކޯޗު ޕެޕް ގާޑިއޯލާއާ ވާހަކަ ދެއްކުމަށް ފަހު، ކެރިއަރުގައި އާ ޗެލެންޖެއް ނެގުމުގެ ބޭނުމުގަ އެެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވޯކާ ސިޓީ ދޫކޮށްލުމުގެ ފަހަތުގައި އޭނާގެ ޒާތީ ދިރިއުޅުމުގައި ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ދިމާވި ކަންތައްތަކުން، އިނގިރޭސި މީޑިއާއާ ދުރަށް ޖެހިލުން ވެސް ހިމެނެ އެވެ.
މިލާނުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑްއާ ވެސް ވާހަކަ ދައްކަމުންނެވެ.
އިޓަލީގެ ޔުވެންޓަސް އިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ޑިފެންޑަރު، ރެނާޓޯ ވެއިގާ އާއި ޕީއެސްޖީގެ ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ސޮއިކޮށްފަ އެވެ.
ސިޓީގެ ވޯކާ ލޯން އެއްބަސްވުމެއްގެ ދަށުން މިލާން އަށް ސިޓީގެ ވޯކާ ލޯން އެއްބަސްވުމެއްގެ ދަށުން މިލާން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ