ލެވަކޫސަންގެ ކޯޗުކަން ޓެން ހާގަށް ދެނީ ލެވަކޫސަންގެ ކޯޗުކަން ޓެން ހާގަށް ދެނީ

ބާލިން، ޖަރުމަނު (މެއި 23) - ބަޔާ ލެވަކޫސަންގެ ކޯޗުކަން މެންޗެސްޓާ ޔުނައިޓެޑާއި އަޔަކްސް އަށް ކުރިން ކޯޗުކޮށްދިން ނެދަލެންޑްސްގެ އެރިކް ޓެން ހާގަށް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރީ ސީޒަނުގެ ކުރީކޮޅު އެ ޓީމުން ނެރެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން 20 މިލިއަން ޑޮލަރުގެ ހޭދައެއް ކުރަން ޖެހުނެވެ. އެއީ، އޭނާ އާއި ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް މުއްދަތުގެ ބާކީ ބަޔަށް ދައްކަން ޖެހުނު ފީ ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
ޓެން ހާގް ވަނީ މި ސީޒަނުގައި އޭނާ އަށް އިތުރު ކްލަބެއްގެ އޮފާ ލިބުނު ނަމަވެސް، ޓީމަކާ ހަވާލުނުވާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު، މި ސީޒަނަަށް ފަހު، ލެވަކޫސަންގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިވުމާ އެކު، އެ ކްލަބްގެ ކޯޗުކަން ހުސްވާނެ އެވެ. ލެވަކޫސަނުން އާ ކޯޗެއް ހޯދުމުގެ މަޝްވަރާތަކުގެ ތެރޭގައި، ކޯމޯގެ ކޯޗަކަށް ހުރި ސެސްކް ފަބްރެގަސްއާ ވެސް ވާހަކަ ދެއްކި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، މިހާރު ލެވަކޫސަން އިން ނިންމާފައިވަނީ، ޓެން ހާގަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ކަމަށް އިނގިރޭސިވިލާތާއި ސްޕެއިނާއި ޖަރުމަނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ 11 އަހަރު ކުރިން، ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް އިން ކޯޗިން ކެރިއަރު ފެށި ޓެން ހާްގް ވަނީ 2013-2015 އަށް ބަޔާން މިއުނިކްގެ ބީ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. އެ ޓީމުގައި އޭނާގެ މަސައްކަތް ރަނގަޅުވުމުން، ނެދަލެންޑްސްގެ ޔޫޓްރެކްޓް އިން 2015 ވަނަ އަހަރު ޓެން ހާގް ގެންދިޔަ އެވެ. އޭގެ ފަހުން، އަޔަކްސްއާ 2018 ގައި ހަވާލުވެ، ހަތަރު އަހަރު ހޭދަކުރިިއިރު، ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ޔުނައިޓެޑާ ހަވާލުވީ، 2022 ވަނަ އަހަރު އެެވެ. އެ ކްލަބްގައި، 10 އަހަރު މަޑުކުރުމުގެ އަޒުމުގައި ހުރި ޓެން ހާގަށް ވަޒީފާ ގެއްލުނީ، ދެމިހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހު އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ