އައްޑޫގެ އަދަދު މައްޗަށް، މިއަދުވެސް 6 މީހުން ބައްޔަށް ޕޮޒިޓިވްވި ކޮވިޑްޖެހިގެން ފުވައްމުލަކުން މީހަކު ނިޔާވެއްޖެ ބަލި ނެތްތަނެއްގައި، ނުބައްދަލު ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ދާންދޫގެ އާބާދީގެ 33 ޕަސެންޓް މީހުން ކޮވިޑ

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެކަމަށް ސަމާލުވާން އެދޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު މި ފަހުން އިތުރުވެފައިވާ ކަމަށާއި މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން ބުނީ ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް އިތުރުވެފައިވާކަން ފާއިތުވި ހަފުތާތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ތައިލޭންޑުގައި، މިދިޔަ ހަފުތާ ތެރޭ 50،000 އެއްހައި ކޮވިޑު ކޭސް ވަނީ ރެކޯޑުކޮށްފައިވެއެވެ. އަދި މި އައުޓްބްރޭކް ކުރިއަށް އޮތް ދެ ތިން މަހަށް ދިގު ދެމިގެން ދާނެކަމަސް ލަފާކުރެވޭ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުން ބުނެއެވެ. މީގެ އިތުރުން އަވައްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެސް ކޮވިޑު19 ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ