މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 900،000 ހުރަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމު ކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 901،210 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %8 އިތުރު އަދަދެކެވެ.
ތަފްސީލް - އެ ހިސާބުތަކަށް ބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެ އެވެ. ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ %71 ފަތުރުވެރިިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އެއީ 640،026 ފަތުރުވެރިންނެވެ.
23.5% ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި؛ އެއީ ޖުމްލަ211،584 ފަތުރުވެރިން
ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރީ ޖުމްލަ ފަތުރުވެރިންގެ %3؛ އެއީ26،634 ފަތުރުވެރިން
ޓޫރިސްޓު ވެސަލް ނުވަތަ ސަފާތީ ތަކަށް ޗުއްޓީ ހޭދަކުރުމަށް22،380 ފަތުރުވެރިން ގޮސްފައިވޭ؛ އެއީ ޖުމްލަ ފަތުރުވެރިންގެ %2.5
މިއަހަގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 103،072 ފަތުރުވެރިން އައިސްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ %11.4 އެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިން؛ އެއީ 97،123 ފަތުރުވެެރިން
އިނގިރޭސިވިލާތުން 93،043 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ
އިޓަލީ އިން 79،557 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ
ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 69،238
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
900،000 ފަތުރުވެރިން އައިސްފި، %8 ގެ އިތުރުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ