ޑެޕިޔުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން މަޖިލީހަށް

އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 15 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ މިހާރު ހުންނެވީ، ދާދި ފަހުން އުފެއްދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުސްވެފައިވާ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް، އައިޝަތު އަސްނާ ހަމްދީ އައްޔަނުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 15 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ މިހާރު ހުންނެވީ، ދާދި ފަހުން އުފެއްދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.އެ މަގާމުގައި ހުންވައިގެން އަސްނާ ގެންދަވަނީ ފައިނޭންޝަލް އަދި ކޮންސިޔުމާ ސެކްޝަން ހެޑް ކުރައްވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑެޕިޔުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރަން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ މާޗް މަހު އިމާދު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެ ކަންކަން ފާހަގަކުރުމަށްޓަކައި އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ވައްދާފައިވަނިކޮށެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ.އޭގެކުރިން އޭނާ ވަނީ، އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ