ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި މި ޓެކުހަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިގޮތުން ރިސޯޓުތަކާއި ސަފާރީތަކުން ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުން ނަގަނީ ހަ ޑޮލަރެވެ. ނަމަވެސް އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.
މިއަހަރު ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް އެއަރލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމުން ކުރިން އަދަދުތަކަށް އަސަރުކުރި ނަމަވެސް، މިހާރު ދަތުރުތައް އަލުން ފަށައި، އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,618 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ގްރީން ޓެކުހުގެ ގޮތުގައި 890 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ