ޗެމްޕިއަންސް ލީގުން ބަޔާން މިއުނިކް ކެޓި ނަމަވެސް، ޓީމު ހޯދި ކާމިޔާބު ކޯޗު ކޮމްޕެނީ ފާހަގަކޮށްފި މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ ދެ ޑިރެކްޓަރ ޖެނެރަލުން ސަސްޕެންޑްކޮށްފި ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅާކަށް ނ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކުއެއަރގައި ބޭއްވުމަށް ނިންމައިފިއެވެ.
ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހަވީރު 16:00 އިން 18:00 އަށެވެ. “ކުޑަކުދިންނާ ގާތުން” މި ޝިއާރުގެ ދަށުން ޔުނިސެފް އާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ ހަވީރެއްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު 15 ސްޓޯލެއް ހުންނާނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި، ސްކޫލްތަކުން ތައްޔާރުކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި މަޢުލޫމާތު ދޭ ސްޓޯލްތައް ހިމެނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތައް:
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތަކީ ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ކުޑަކުދިންނާއި ބެލެނިވެރިން މި ހަވީރުގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ