އެމްޑީޕީއަށް ލިބުނު ތަދުގެ ރިހުން އެބަހުރި، އެކަމަކު ގައުމު ހޯދޭނީ ނަޝީދަށް ވޯޓު ދީގެން: ފައްޔާޒު

މާޒީގައި ހިނގައިދިޔަ ކަންކަމުން ހިތަށްވީ ތަދގެ ބަދަލުު ހޯދަން އުޅެގެން އެމްޑީޕީއަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ
ވަކި ކަމެއް ފާހަގަނުކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މަޒީގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ހިތަށް ވީތަދުގެ ރިހުން އަދިވެސް އެބަހުރި ކަމަށާއި އެ ހަނދާންތައްވެސް އެބަހުރި ކަމަށެވެ.
”ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް. އެހެނަސް އެ ވީތަދުގެ ރިހުން އެބަހުރި، ހަނދާން އެބަހުރި. ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން. އެކަން ކުރެވެން އަންނަނީ..“
މިހެން ވިދާޅުވުމަށްފަހު ފައްޔާޒު ބޭނުންކުރައްވާފައިވަނީ ތިން ހޭޝްޓެގެކެވެ. އެއީ ބޮޑުބަދަލު، ވޯޓް އަންނި އަދި އަންނި ފޮ ޗެއާ އެވެ
ފައްޔާޒު މި މޭރުމުން ވާހަކަ ދެއްކެވިއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުމެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، އެމްޑީޕީއާ ދެކޮޅަށް، މިހާރުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވި އެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށްވެސް ނަޝީދު އިސްވެ ހުންނަވައި މަސައްކަތް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ