އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ އިން އއ. ތޮއްޑޫގައި އޭޓީއެމް ޚިދުމަތެއް ދޭން ފަށައިފިއެވެ. ތޮއްޑޫގައި އޭޓީއެމްގެ ޙިދުމަތް ތަޢާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
އެމްއައިބީއިން ވިދާޅުވި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިންގ ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިންގ ނެޓްވޯކް ފުޅާކުރަމުންންކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ