ޕާޓާގެ އެންމެ ޝަރަފުވެރި ލަގަބު މަޓާޓޯ އަބްދުﷲ އަށް

ޕެސިފިކް އޭޝިޔާ ޓެރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ކޮންމެ އަހަރަކު ދޭ "ފޭސް އޮފް ފިއުޗާ" ގެ ލަގަބު ރާއްޖޭގެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ އަށް ދީފި އެވެ.
ފެސިފިކް އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ދޭ "ފޭސް އޮފް ދި ފިއުޗާ" އަކީ އެ ޖަމިއްޔާއިން ދޭ އެންމެ ބޮޑު އެއް ޝަރަފެވެ. މި ޝަރަފު ދެނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަދި ޓްރެވަލް އެޖެންޓުންނާ ގުޅުންހުރި ހިދުމަތްދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޒުވާން ލީޑަރުންނަށެވެ.
މަޓާ އިން އަބްދުﷲ އަށް ދިން "ފޭސް އޮފް ފިއުޗާ" އާ ބެހޭ ގޮތުން މަޓާޓޯގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ އަށް ލިބުނު މި ޝަރަފާއެކު ރާއްޖެ އަށް ވެސް ރީތިނަން ލިބިގެން ގޮސްފައިވާ ކަމަށެވެ.
"މީގެ ސަބަބުން ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް ގިނަ ފުރުސަތު ތަކެއް ޕާޓާގެ ތެރެއިން ހުޅުވިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ޕަޓާގެ ރައީސް ސީއީއޯ މާރިއޯ ހާޑީ ވިދާޅުވީ އަބްދުﷲ އަށް މި ލަގަބު ލިބުނީ މި ދާއިރާ އަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ހަވާލުވެވަޑައިގަތުމާއެކު، ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި އަހަރު އެކަނި 15 ފެއާއެއްގައި އެ ޖަމިއްޔާއިން ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ