ގުޅިފައިވާ ޕާޓީތަކުން ރޭ މާލޭގައި ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބައެއް ފަރާތްތަށް ދޫކޮށްލައިފިއެވެ.
ފުލުހުންގެ ބަންދުން މިރޭ ދޫކޮށްލާފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲއާއި، އެމްޑީޕީގެ ޔޫތު ވިންގުގެ މެމްބަރ މައިމޫންގެ އިތުރުން، އިތުރު މެމްބަރަކު ހިމެނެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ދޫކޮށްލުމާއެކު މުހަންމާއާއި އެހެން މެމްބަރުން ވަނީ އިހުތިޖާޖާ ގުޅިފައެވެ.
މިނިވަން ކުރުމާއެކު ކުރި ޓްވީޓެއްގައި މައިމޫން ބުނެފައިވަނީ، ދޫނިދޫއިން އެމްޑީޕީގެ ނާއިބް ރައީސް ޝިފާޒް، މަޖިލިސް މެމްބަރު މަހްލޫފް އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާވެސް ދިމާވި ކަމަށާއި، އެބޭފުޅުން ތިއްބެވީ ވަރަށް ގަދަކޮށް ކަމަށެވެ.
އަދި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތްތައް ނުގުޑާ އަޒުމެއްގައި ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށްވެސް ބުނެފައި ވެއެވެ.
މެމްބަރު މުހަންމާ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ