ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މާމަ ހައްވާފާނު އަވަހާރަވެއްޖެ

ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މާމަ ހައްވާފާނު މިއަދު އަވަހާރަވެއްޖެ އެވެ.
ހައްވާފާނު އަވަހާރަވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އުމުރުފުޅުން 88 އަހަރުގަ އެވެ.
ހައްވާފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އާއިލާ އިން ވަނީ ނިންމާފަ އެވެ.
ހައްވާފަނަކީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ވެސް މާމަ އެވެ.
ނައިބް ރައީސް ޖިހާދުގެ މާމަ މިއަދު އަވަހާރަވިއިރު ނައިބް ރައީސް މިވަގުތު ހުންނެވީ ދުބާއީގަ އެވެ. އެމަނިކުފާނު އިއްޔެ ދުބާއީއަށް ވަޑައިގެންނެވީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ