ކާނަލް ނާޒިމް ދޫކޮށްލުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ނާޒިމް މިނިވަން ކުރަންޖެހޭކަމަށް އދ ގެ ވޯކިން ގުރޫޕުން ރޭ ނިންމާފައިވަނިކޮށް ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކާނަލް ނާޒިމް ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާ ކަމުގައެވެ.I call on Maldives government to release Col Nazim immediately on the basis of the opinion of the working group of UN human rights council.— Maumoon Abdul Gayoom (@maumoonagayoom) January 27, 201711 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ދޫކޮށްލަން ޖެހޭކަމަށް އދ ގެ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމީ ރޭގެ ވަގުތެއްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ވޯކިންގ ގުރޫޕްގެ ނިންމުމާއި އެއްގޮތަށް ކާނަލް ނާޒިން ދޫކޮށްލަން ޖެހޭ ކަމުގައެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމަށްބުނެ ނާޒިމް 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލަ އެމްނެސްޓީ އިންޓަނޭޝަނަލުން އދ އަށް ހުށައެޅި ނާޒިމްގެ އާއިލާއިން އެމްނެސްޓީ އިންޓަނޭޝަނަލް އަށް ހުށައެޅި މައްސަލަޔާއި ގުޅިގެންނެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނާޒިމް އަށް އިންސާފު ނުލިބޭނެކަމަށް ބުނެ އދ ގެ ވޯކިން ގުރޫޕަށް އެމްނެސްޓީ އިންޓަނޭޝަނަލުން ހުށައެޅި މައްސަލަ ނާޒިމް އާއި އެއްކޮޅަށް އދ ގެ ވޯކިން ގުރޫޕުން މިރޭ ނިންމާފައިވާއިރު އެންނިންމުމުގައި ނާޒިމްގެ ތަހުގީގާއި ޝަރީއަތް ކުރިއަށް ދިޔައިރު ދައުލަތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ.
ވޯކިން ގުރޫޕުން ނިންމި ނިންމުގައި މައްސަލާގައި ޝަރީއަތަށް ހުށައެޅި 26 ލިއުމެއް ސިއްރުކޮށްފައި ވުމާއި، ނާޒިމްގެ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު ވީޑިއޯ ކޮށްފައި ނުވާކަމަށާއި މައްސަލާގައި ދިފާއުގައި ވާހަކަ ދެއްކުމަށް ތައްޔާރުވުމަށް ނާޒިމްއަށް ދީފައިވަނީ އެންމެ ފަސް ދުވަހުގެ މުއްދަތެއްކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
ނާޒިމް ދޫކޮށްލުމަށް ވޯކިން ގުރޫޕުން ނިންމިއިރު ރައީސް ނަޝީދުގެ މައްސަލާގައިވެސް ވޯކިން ގުރޫޕުން ނިންމާފައިވަނީ ސަރުކާރާއި ދެކޮޅަށެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ އދ ގެ ވޯކިން ގުރޫޕްގެ އެ ނިންމުމަކީ ތަންފީޒުކުރަންޖެހޭ ނިންމުމެއް ނޫންކަމަށާއި ގާނޫނީ ގޮތުންވެސް ބުރަދަނެއްހުރި ނިންމުމެއް ނޫން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ