ރާއްޖޭގެ ކަންތައްތަކާ އ.ދ އަށް ބެހެވޭނެ - ޑރ. ޝަހީދު

ބޭރުގައުމުތަކުގެ މުޖުތަމައުއަށާއި އަދި އދ އަށް ރާއްޖޭގެ ކަންތައްތަކާއި ބެހެވޭނެ ކަމަށް އދ ގެ ޚާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. އަހުމަދު ޝަހީދު މިހެން ވިދާޅުވީ ކުރިމަތިވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު އަށް ވާދަކުރެވޭ ކަމަށް އދ އިން ކަޑަ އަޅާނެ ކަމަށް ވިދާޅުވުމުން އެ ވާހަކަ އަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒު ވަމުންދާތީ ރާއްޖެ ޓީވީ ގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީދު ވިދާޅުވީ ރާއްޖެއިން ގިނަ ބައިނަލްއަޤްވާމީ މުޢާހަދާތަކެއްގައި ސޮއިކޮއްފައިވާ ކަމަށެވެ. އަދި އެމުޢާހަދާތަކަށް ރާއްޖެއިން އިޙްތިރާމްކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖެއިން ވަނީ 2005ވަނަ ވިއެނާ ލޯ އޮން ޓްރީޓީސްގައިވެސް އަހަރު ރާއްޖެއިން ސޮއިކޮށްފައިކަމަށާއި ވިއެނާ ލޯ ބުނާ ގޮތުންް ހުއްޖަތެއްގެ ގޮތުގައި ދެއްކުމަށްފަހު ބައިނަލްއަޤްވާމީ ޤާނޫންތަކާއި، އަދި ސޮއިކޮށްފައިވާ މުޢާހަދާތަކާއި ޚިލާފު ނުވެވޭނެއެވެ.
ޝަހީދު މިހެން ވިދާޅުވާ އިރު މި މުއާހަދާ ތަކުގައި ސޮއިކުރީ ޝަހީދުގެ ޚާރިޖީ ވަޒީރުކަމުގައި އެވެ. ޝަހީދު ވިދާޅުވީ ރާއްޖެއިން އޭރު މިފަދަ މުޢާހަދާތަކުގައި ސޮއެ ކުރީ ރައީސް ޔާމީންގެ ސަރުކާރުފަދަ ސަރުކާރެއް އައިސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމުން ސަލާމަތް ކުރުމަށް ކަމަށެވެ.
ޑރ. ޝަހީދު އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން އެގޮތަށް ކަނޑައެޅުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޖެހިވަޑައިގަންނަވާނީ އިންތިޚާބެއް ނުބާއްވާނެކަމަށް ކަނޑައަޅަންކަމަށެވެ.
ޝަހީދު ވިދާޅުވީ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވުނަ ނުދޭން މަސައްކަތްކުރަނީ ރައީސް ނަޝީދާއި ވާދަކޮށް ބަލިވާނެކަން ރައީސް ޔާމީނަށް ޔަޤީންވެވަޑައިގަންނަވާތީކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ