ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް އެއް ހަމައެއްގައިދެނީ..!

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް އެއް ހަމައެއްގައި ދިނުމަށް ނިންމަފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެންޑް އެނަރޖީ މިއަދު ހާމަކުރެއްވީ ގޮތުގައި އަންނަ މާޗް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަރަންޓްގެ ހިދުމަތަށް ނަގަމުންދާ އަގުތައް ހެޔޮކޮށް އެއްރޭޓެއްގައި ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
މިއަދު އެ މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ކަރަންޓުގެ އަގު ތަފާތުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ކަރަންޓުގެ އަގުތަކަށް ބަދަލު ގެނެވުނީ ރައީސް އަބްދުﷲ ޔާމީން ކުރެއްވި މަސައްކަތް ޕުޅުން ކަމަށް ތޯރިގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ