ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ދެން ބަލަހައްޓާނީ ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑްކޮށް ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާތީ މިއަދު ފެށިގެން އެ ކޯޓަށާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީ އެޑްރެސްކުރަން ވަނީ ފަނޑިޔާރު އަބްދުﷲ އަރީފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އަދި އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭ ނަމަ ދެން ރިޔާސަތު ބަލަހައްޓާނީ ދެން ޖެހިގެން ހުންނަ ސީނިއާ ފަނޑިޔާރެއް ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާކަން މި ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
އިތުރު ތަފްސީލް އަންނަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ދެން ބަލަހައްޓާނީ ފަނޑިޔާރު އަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ