ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓިފައި ނުވަތަ ސަސްޕެންޑް ކުރެވިފައި އޮތުމަކީ، ދިވެހި ފުލުހުން އާ "ގަވާއިދުތަކެއް" ވުޖޫދަށް ގެންނަން ޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި އިތުރަށް އޭނާ ވިދާޅުވީ ދިވެހި ފުލުހުންނަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަން އޮންނަން ޖެހޭ ގޮތް އޮޅިފައިވާ ކަމަށް ހީފުޅުވާ ކަމަށެވެ.
.@PoliceMv
I think you've misunderstood how this #StateOfEmergencyMV thing works...
Just because certain rights and laws are temporarily suspended, you don't get to pull new "laws" out of your hat.
As @HuShameem said, #CriminalLaw #unwrittenrule #unconstitutional https://t.co/KqKWKh2IcT
މައޫމޫން ހަމީދު މިހެން ވިދާޅުވިއިރު ހައްޔަރު ކުރެވިފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ވިދާޅުވީ އޭނާ ހުންނެވީ ހަސަން ސައީދާ ފުލުހުން ސުވާލުކުރާތީ ދޫނިދޫގައި ކަމަށާއި އަދި ކުއްލިއަކަށް މިއަދު އަމަލު ކުރަމުން ދަނީ އާ ގަވާއިދަކަށް ކަމަށާއި، އެގޮތުން ހުރެވޭނީ އެންމެ ވަކީލަކަށް ކަމަށް އަންގާފައިވާ ކަމަށެވެ. ޝަމީމް ވަނީ އެއީ ޣައިރުގާނޫނީ ކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަކީ ޖުޑީޝަރީގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ނެރުމަށް ފަހުއެވެ. އޭގެ ފަހުގައި ފުލުހުން ވަނީ އެގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެގެއިން ފުލުހުން އެފައިސާ ހޯދި ކަމަށް ބުނީ އެގެއަށް އޭގެ ކުރިން ފުލުހުން ވަދެ ބަލާ ފާސްކޮށްފައި ވަނިކޮށް ކަމަށާއި، އެހެން ކަމުން އެއީ ފުލުހުން އޭނާ ފްރޭމް ކުރުމަށް އެގޭގައި އެމީހުން އަމިއްލައަށް ބެހެއްޓި އެއްޗެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުނަނީ އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުންނެވެ.
ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ހާލަތުގައި ލިބިދޭ ބާރުގެ ދަށުން ފުލުހުން ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރު ކުރުމަށް ކުރިން ނެރުނު އަމުރު ސުޕްރީމް ކޯޓުން އޭގެ ކުރިން ބާތިލްކޮށްފައި ވަނިކޮށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓިފައި އޮތުމަކީ ފުލުހުން އާ ގަވާއިދުތަކެއް ވުޖޫދަށް ގެންނަން ޖެހޭ ކަމެއް ނޫން: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ