ރާއްޖެއަށް ކުރާ ދަތުރުތައް އިއްތިހާދު އެއާވޭސް އިން އިތުރުކުރަނީ

އިއްތިހާދު އެއާވޭސް އިން އަބޫ ދާބީ އާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
ވައިގެ ދަތުރުފަތުރާއި ގުޅޭ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތައް އިތުރު ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ތާރީހުގެ ފަހުން އަބޫ ދާބީ އާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު ހަތަރަކަށް އިތުރު ކުރާނެ ކަމަށް އެ އިއްތިހާދު އެއާވޭސް އިން ވަނީ ބުނެފައެވެ. އެއާއެކު އިއްތިހާދު އެއާވޭސް އިން އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 11 އަށް އިތުރުވެގެން ދާނެއެވެ.
އިއްތިހާދު އެއާވޭސް އިން ބުނި ގޮތުގައި އެ ބަދަލާއެކު ރާއްޖެއަށް ހެނދުނު ފްލައިޓްތައް އަންނާނެއެވެ. އެއާއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ވަގުތު ރާއްޖޭގައި ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ