ހޯރަފުށިން އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ނުލިބުނު ؛ ސަބަބުތައް!
މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. ހޯރަފުށީގެ ހުރިހާ ގޮނޑިއެއް ރައްޔިތުން ދިނީ އިދިކޮޅު އެމްޑީޕީއަށެވެ. މީ ސަރުކާރުގައި އޮތް ޕާޓީއަކަށް ހޯރަފުށިން ފަހުގެ ތާރިޙެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ހޯރަފުށިން ކުރިން ދެއްކި ސިޔާސީ ހަގީގަތަކީ ކައުންސިލް އަބަދުވެސް ދެނީ އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ އަށެވެ. ނަމަވެސް މިފަހަރު ކަން ވެ ނިމުނީ މުޅިން ތަފާތު ކޮށެވެ. ރައްޔިތުން ކައުންސިލްގެ ހުރިހާ ގޮޑިއެއް ދިނީ އިދިކޮޅަށެވެ. ސަބަބުތަކުގެ ތެރޭގައި:ސަރުކާރު ފަޅިން މަޖިލިސް މެންބަރު ހޮވިގެން ތަރައްގީގެ އަޑު މަޑުވުންއުމްރާނީ ތަރައްގީގެ މަސައްކަތުގައި ހޯރަފުށި ވަރަށް ބޮޑަށް މަޑުޖެހުންރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވުންކުރިން ދާއިރާގެ ތަރައްގީގައި "ސަރުކާރު އެމްޕީ" ދެއްކި ހިއްވަރާ ފަންވަރު މިހާރު ނުފެނުންސަރުކާރު ލެންސުން ހޯރަފުށި ދާއިރާގެ ތަރައްގީ "ކައްސާލު" ންހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވުންގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ކުއްލިއަކަށް ވަކިކުރުންމަޖިލިސް އިންތިހާބަށް ސަރުކާރުގެ ވެރިން އައިސް ދެއްކި ދަޅަތައް ހަގީގަތަކަށް ނުވުންޒުވާނުންގެ އާބާދީ ބޮޑު ހޯރަފުށީގައި ވަޒީފާ ލިބެން ނެތުން ހޯރަފުށިން ސަރުކާރު "ބޮޑުކޮށް ބަލިވުމުގެ" ސިޔާސީ ހަގީގަތަށް ވާސިލުވުމަށް ކުރެވޭ ބަހުސްގައި އެންމެ ގަދަޔަށް ދެން ދެކެވޭ އެއް ވާހަކައަކީ ކައުންސިލް އިންތިހާބު ސަރުކާރަށް ގެއްލުނީ އެ އިންތިހާބު ލީޑް ކުރަން ހޯރަފުށީގައި ހަރަކާތްތެރިވި ޓީމްގެ "ފެއިލް" ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެއީ ތެދެއްނަމަ މި ކަމަށް ވެސް ގޮތް ނިންމާނީ ޕީއެންސީގެ މެންބަރުން ނެވެ.ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އަކީ ރައްޔިތުންގެ ބާރު ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ދައުލަތުގެ ވެރިން ހަނދާންކުރަން ޖެހެ އެވެ؛ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިހާބުތަކުގައި ރައްޔިތުން ލާ ވޯޓަކީ ސީދާ ރައްޔިތުން އިއްވާ ހުކުމެވެ. އިތުރަށް ކިޔާލަން: ދެންވެސް ވޯޓު ހޯދަން އަންނައިރު މިކަންކަމަށް ވިސްނާލާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ