ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ގެ ނަން އިއްވުމަށްފަހު އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުންނަވަންދެން މަޖިލިސް މެދުކަނޑާލައިފި އެވެ.
14:00
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގެ ނިޒާމް ގެއްލިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ)ގެ (4) ގެ ދަށުން މިއަދު މެންދުރު 01:40 ގައި ނިންމަވާލައްވައިފިއެވެ.
13:00
ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހިދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) ޖަލްސާދޫކުރައްވާ ނުކުމެވަޑައިނުގެންނެވުމުން ސިފައިން ވަދެ އެ ދެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ސިފައިން ވަދެގެން ޗެމްބަރުން އަލީ ވަހީދާއި މުހައްމަދު ރަޝީދު ނެރުނީ މީގެ ކުޑައިރުކޮޅެއްކުރިންނެވެ. ނަމަވެސް އަދި ވެސް ޖަލްސާ ފެށޭވަރެއްނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަލުން މަޖިލިސް ފަށާނީ 1 ޖަހާއިރު އެވެ.
12:15
ކޯރަމް ހަމަނުވެގެން 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދެއްވުމަށްފަހު މިއަދުގެ ޖަލްސާ ފެށީ 11 ޖެހިއިރު އެވެ.
މި ދެމެމްބަރުންގެ ނަން އިއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް “އާސަންދަ” ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯ ހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުމުގެ ޤަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވަނިކޮށެވެ.
އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވަން ފެއްޓެވުމާއި އެއްކޮށް ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވީ ހުޅުހެންވޭރު ދައިރާގެ މެމްބަރު މޫސާ މަނިކެވެ. މޫސާ މަނިކު ވިދާޅުވީ، ފުލުހުން އިބްރާހީމު ރަޝީދު އިއްޔެ ހަވީރު ހައްޔަރުކޮށްގެން އަނިޔާ ކޮށްފައިވާ ކަމަށާއި އެހެންކަމުން މެމްބަރަށް ގަރާރު އިއްވިދާނެތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ނިޒާމީ މައްސަލަ ނެގުމާއި އެކު އެމްޑީޕީ އެހެން މެމްބަރުން ވެސް ވަނީ ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ބޭސްފަރުވާ ކުރާ ފަރާތްތަކުގެ އަތުން ބައެއް ނެގުމަށް ނިންމާފައިވާތީ ނިޒާމީ މައްސަލަ ނެންގެވީ ކަމަށެވެ.
ސިފައިން ވަދެ އަލީ ވަހީދާއި ކުބޭ މަޖިލީހުގެ ތަޅުމުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ