ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރި އާމިނަތު ރޫނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އިއްޔެ އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
އަލްޔާ ޝަރްސާ ނަސީރު، 25، ގ. މުތީގެއާގެ
އާމިނަތު ރޫނާ، 29، ބިޖިލީއުފާ/ކ. ތުލުސްދޫ
ތަފްސީލް - ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
މީގެ ކުރިން ފުލުހުން ކޯޓުގައި ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށާއި، މި މައްސަލާގައި ދެން ހިމެނޭ މީހާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
މި މައްސަލާގައި ރޫނާ ހައްޔަރުކުރީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭންނެވެ.
ދޮޅު ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ރޫނާ ޝަރީއަތް ނިމެންދެން ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ