ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގައި ޕާކްނުކުރެވޭނެ

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކޮށް ހުޅުވަން ތައްޔާރުވެފައިވާ ބައިގައި ވެހިކަލް ޕާކް ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކުރުމާ އެކު ހަތަރު ލޭނަށް ބަދަލުކޮށް، ތާރު އަޅައި ވަނީ ނިންމައިފަ އެވެ. މި ފެށޭ ހަފުތާގެ ތެރޭ މަގު އާންމުންނަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ. 
"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި ގޮތުގައި ކުރީގައި މަގުގެ އަރިމަތީގައި ޕާކްކުރި ގޮތަށް ދެން ނުކުރެވޭނެ އެވެ. 
ފަޅު ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރިއިރު ފަޅުގެ ތެރެއިން ބައެއް ހިއްކައިގެން ސައިކަލް ޕާކް ކުރާނެ ތަނެއް ވަނީ ހަދައިފަ އެވެ. އެ ތަނުގައި 500 ސައިކަލް އެއް ފަހަރާ ޕާކް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 
"އޭރަށް ވަރަށް ފަސޭހަވާނެ ދުއްވަން. އެ ތަނުގެ ޕާކްކޮށްލާފައި ދެން އޮފީހަށާއި އެ ދާ ސަރަހައްދަކަށް މަގު ބޭނުންކުރާ  ފަރާތަކުން ހިނގާލާފައި ވަޑައިގެންނެވީމަ ވަރަށް ހިތްފަސޭހަވާނެ،" ރައީސް ވިދާޅުވި އެވެ. 
ޕްލޭންއަކީ ރީތިކޮށް ދެ ފަރާތުގައި ގަސް ޖަހައިގެން މަގު ހިތްފަސޭހަކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. 
The most trusted news source in the Maldives
"ހަމަ ގަސްތައް ޖަހާ ދެން ހުޅުވާލާއިރު ހުރިހާ ގަހެއް ބޮޑުވެފައެއް ނޫންތާ ހުންނާނީ ދުވަސްކޮޅެއް ނަގާނެ ކަންކަން އެ ހުންނަނީ،" ރައީސް ވިދާޅުވި އެވެ. 
ބޮޑުތަކުރުފާނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތާރުއަޅައިގެން ތަރައްގީކުރިއިރު ވެސް އެ މަގުގައި ޕާކް ނުކުރެވޭނެ ކަމަށް ކަނޑައެޅި އެވެ. ނަމަވެސް، މިހާރު އެ މަގުގައި ދެ ފަރާތުގައި ވެސް ސައިކަލް ޕާކްކޮށްފައިހުރެ އެވެ. 
މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޕީއެލް ސަރަަހައްދުން އިއްޒުއްދީން ފާލަމާ އަށް ތަރައްގީ ކުރީ ވެސް މަގުގައި ވެހިކަލް ޕާކް ނުކުރާ ގޮތަށެވެ. އެކަމަކު، އެ ސަރަހައްދުގައި އިތުރު ޕާކިން ކުރެވޭނެ ގޮތެއް ނެތުމާ އެކު، ވެހިކަލްތައް މަގުގައި ދަނީ ޕާކް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ