އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލާގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވައިފިއެވެ.
ޖޭއެސްސީއިން ވަނީ، މިއަދު ސުޕްރީމް ކޯޓަށް ތަހުގީގު ރިޕޯޓެއް ފޮނުވާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އެ ކޮމިޝަނުން އެއީ ކޮން މައްސަލައަކާ ގުޅޭ ރިޕޯޓެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސިން ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުންދާ މައްސަލާގެ ރިޕޯޓް އެމަނިކުނާއި ހަވާލު ކުރަން ފޮނުވިއިރު، ސުޕްރީމް ކޯޓުގެ އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވާ އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
އެއީ ކޮން ފަނޑިޔާރުުންތަކަކާއި ގުޅޭ މައްސަލައެއްކަން ހާމައެއް ނުކުރެއެވެ.
އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީއާ ދެމެދު މައްސަލަތަކެއް ހޫނުވެފައި ވެއެވެ. ޖޭއެސްސީއިން ދަނީ އުއްތަމަ ފަނޑިޔާރުގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ