ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ ހުރިހާ މީޑިޔާތަކުން ކުރިއަށް ގެންދާ ޓެލެތޯނަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރާއި އެ ދާއިރާގެ ހުރިހާ ކައުންސިލަރުން އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ނިންމައިފިއެވެ.
މި ނިންމުމާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބް ލީޑަރު އަހްމަދު އާމިރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
"އެހެންކަމުން ހުކުރު ދުވަހު މީޑިޔާތައް ގުޅިގެން ގާޒާއަށް އެހީތެރިވުމަށް ހިންގާ ހާއްސަ ޓެލެތޯންގައި އެ ދާއިރާގެ ރައްޔިތުންވެސް ބައިވެރިވެ އެހީތެރިވެދިނުމަށް ނިންމީ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް އޭނާ އެއް ދުވަހުގެ މުސާރައާއި، ކުޑަހުވަދޫ ދާއިރާގައި ހިމެނޭ 13 ކައުންސިިލަރުން އެއް ދުވަހުގެ މުސާރަ ފަންޑަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ މިއީ ކުރަންވެއްޖެ ކަމެއްކަމުގައި ދެކި ހުރިހާ މެންބަރުންނާއި ދާއިރާތަކުންވެސް މިފަދަ ގޮތަކަށް ނިންމުމަށް،" އާމިރު ވިދާޅުވި އެވެ.
ގާޒާ ފަންޑަށް އެހީވުމަށް އެމްޕީއެލްއާއި ކަސްޓަމުސްގެ މުވައްޒިފުންވެސް އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ނިންމާފައިވާއިރު ގިނަ މުއައްސަސާތަކުންނާ ބައެއް މުވައްޒަފުން ގެންދަނީ އެ ފަންޑަށް އެހީތެރިވުމަށް ތައްޔާރުވަމުންނެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހު 14.30 ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 00.00 އާއި ހަމައަށް 33 ގަޑިއިރާއި 30 މިނެޓް ވަންދެން ރާއްޖޭގެ ހުރިހާ މީޑިޔާތައް ގުޅިގެން ހިންގާ ހާއްސަ ޓެލެތޯންގައި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއިން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ގިނަ އަަދަދެއްގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކުންވެސް މި ޓެލެތޯންގައި ބައިވެރިވެފައިވާ ކަމަށް ޓެލެތޯން އިންތިޒާމްކުރާ މީޑިއާ ތަކުގެ ސްޓިއަރިން ކޮމެޓީން ބުނެ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރާއި ހުރިހާ ކައުންސިލަރުން އެއްދުވަހުގެ މުސާރަ ގާޒާ ފަންޑަށް ހަދިޔާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ