އުމަރު ނަސީރުގެ ސަޕޯޓަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރަށް ތާއީދުކުރި އިސް ބައެއް އެކްޓިވިސްޓުން މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ޖުމްހޫރީ ޖަގަހާގައި މިރޭ ބާއްވަމުންދާ ޖަލްސާގައި އުމަރުގެ ތަރުޖަމާން އަހުމަދު ޝަމްއޫނާއި އުމަރުގެ ސަޕޯޓަރުންގެ ތެރެއިން އިސްއެތައް އެކްޓިވިސްޓުންނެއްވަނީ ޕީޕީއެމްއިން ވަކިވެ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.
މީގެ އިތުރުން ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ބައެއް ލަވަކިއުންތެރިންނާއި ފިލްމީ ބައެއް ތަރިންވަނީ މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދި އެބޭފުޅުންގެ ސޮޔާއިއެކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ ގިނަ އަދަދެއްގެ ފޯމްތަކެއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި ހަވާލުކޮށްފައެވެ.
ޖުމްހޫރީ ޕާޓީންބުނީ މިރޭގެ ޖަލްސާގައި ސޮއިކުރި މީހުންނާއި މިރޭ ވަހާލުކުރި މެމްބަޝިޕް ފޯމްތަކާއެކު 2375 އާ މެމްބަރޝިޕް ފޯމް މިރޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވާކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ