ރައީސް ވަހީދާއި ގާސިމް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ރައީސް ވަހީދާއި ގާސިމް ބައްދަލު ކުރައްވާފައިވަނީ މިއަދު 16:30 ގައި ހިލާލީ ގޭގައެވެ. އަދި އެ ބައްދަލުވުން ނިންމާލެއްވުމަށް ފަހު ހިލާލީ ގެއިން ގާސިމް ނިކުމެ ވަޑައިގެންނެވީ 19:00 ހާއިރުއެވެ.
ރައީސް ވަހީދާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވީ ގާސިމް އެކަނި ކަންވެސް ސީއެންއެމް އަށް ވަނީ އެނގިފައެވެ. ނަމަވެސް އެ ބައްދަލު ވުމުގައި މަޝްވަރާ ކުރެވުނީ ކޮން ކަމަކާއި ގުޅޭ ގޮތަކުން ކަމެއް ވަނީ ސާފު ނުވެފައެވެ.
އެބައްދަލު ވުމާއި ގުޅޭ ގޮތުން ރައީސް ވަހީދުގެ ފަރާތުންވެސް އަދި ގާސިމްގެ ފަރާތުންވެސް ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ