އަބްދުﷲ ރަސްގެފާނު އަވަހާރަވުމާ އެކު ތެލުގެ އަގު މައްޗަށް

ރޭގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް ސައުދު އަވަހާރަ ވުމާއި އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
ޕެޓްރޯލިއަމް ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމިއްޔާ އޯޕެކްގައި ހިމެނޭ، އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަވަހާރަ ވުމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކަށް ވަގުތުން ވަނީ ލޮޅުންތަކެއް އަތުވެފައެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވިކަމުގެ ޚަބަރު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން، ޢާންމު ކުރުމާއި އެކު، ނިއު ޔޯކްގެ ތެލުގެ ބާޒާރުގެ އަގުތައް ވަނީ %3.1 އަށް އުފުލިފައެވެ. އަދި ލަންޑަންގެ ތެލުގެ ބާޒާރުގެ އަގުތައް %2.6 އަށް އުފުލިފައެވެ.
އަބްދުﷲ ރަސްގެފާނަކީ، ތެލުގެ ބާޒާރުގައި އުފެއްދުންތެރިކަން އިތުރުކޮށް، ތެލުގެ ބާޒާރު ދެމެހެއްޓުމަށްޓަކައި ތަފާތު އުކުޅުތަކެއް އުފައްދަވައި، ތަންފީޒުކުރައްވަން ފެއްޓެވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން އެއްޗެއް ބުނަން، އެކަން ދިރާސާ ކުރާ ފަރާތްތަކަށް ވެސް ވަނީ ނޭނގިފައެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވުމުން، ސައުދީ ތަޚްތާއި ހަވާލުވެވަޑައިގެންފައި ވަނީ، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ