12 މެމްބަރުންނަށް ވި ވައުދު މަތީ ދެމިހުންނާނަން: ރައީސް މައުމޫން
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. މިދިޔަ އަހަރު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބުމަށް ފަހު އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު، މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާ ހުކުމް ކޮށްފައެވެ. ޕީޕީގެ ކުރީގެ ރައިސް ކަންވެސް ކުރެއްވި މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ 12 މެމްބަރުން ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރެއވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އެމަނިކުފާނު އެ ވައުދު މަތީގައި ދެމިހުންނާނެ ކަމަށެވެ. "މާތް ﷲ އެ ބޭފުޅުންނަށް ނަސްރު ދެއްވާށި،" ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓް ގައި ލިޔުއްވާފައިވެއެވެ. Kuree sarukaaruge aniyaaverikan huttuvumakah genaumashaa, islaahah masakkaiy kuraane coalition sarukaareh qaaim kurumah takaa 12 membarun kurevvi bura masakkathaa vevadaigennevi qurbaanee thakuge agu vazankoh, 1/2 — Maumoon Abdul Gayoom (@maumoonagayoom) December 27, 2018 ރައީސް މައުމޫން އެހެން ވިދާޅުވިނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އިން ވަނީ ހުރިހާ ދާއިރާތަކަށް ވާދަ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް އިން ނިންމާފައެވެ. އަދި ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް ދާއިރާތަކަށް ވާދަކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. އޭގެ ތެރެއިން އެމްޑީޕީ އިން މިހާރު ދަނީ އެޕާޓީން ކުރިމަތިލާ 86 ދާއިރާގެ ތެރެއިން 77 ދާއިރާގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. ޕްރައިމަރީއަށް އެންމެ ކެންޑީޑޭޓަކު ކުރިމަތިލުމުން އެމްޑީޕީ އިން ނުވަ ދާއިރާގެ ޕްރައިމަރީ ނުބާއްވާ އިރު ނިލަންދޫ ދާއިރާ ފިޔަވާ ހުރިހާ ދާއިރާ އަކަށް އެ ޕާޓީގެ ފަރަތުުން މަޖިލިސް އަށް ކުރިމަތިލުމަށް ކެންޑީޓޭޓުން ވަނީ ޕްރައިމަރީގައި ވާދަކުމަށް ފޯމް ލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ