ޕީޕީއެމް ފިޔަވާ އެހެން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ އިލެކްޝަސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަނުން އެންމެ ގިނަ އަދަދެއްގެ ފައސާ ދޫކޮށްފަ ވަނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)އަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެމްޑީޕީއަށް 5.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އެޕާޓިއަށް 1.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން 7.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
ޖުމްހޫރީ ޕާޓީއަށް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ބާކީ ނުދެވިހުރި 1.93 މިލިއަން ރުފިޔާ އިލްކްޝަނުން ދީފައިވާ ކަމަށް މައުލޫމާތު ލިބެެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް އެލަޔަންސަށް 1.99 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެެހެންނަަމަވެސް އެޕާޓީއަށް މިއަހަރު ދައުލަތުގެ ބަޖެޓުން ދޭން ޖެހެނީ 2.6 މިލިއަން ރުފިޔާއެވެ. ޕީޕީއެމް ފިޔަވާ ދެންހުރި ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ އިލެކްޝަނުން ދޫކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ޕީޕީއެމަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ އަސްލާމެދު އުފެދިފައިވާ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ