މިއަދު ކުރިއަށްދިޔަ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ ހ. ތިމާވެށި އަބްދުﷲ ޖާބިރު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ.
ޖާބިރު މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާފައިވަނީ ކާށިދޫ ދާއިރާއަށެވެ. ޖާބިރާ ވާދަކުރައްވަނީ އަބްދުﷲ ރިފްއަތެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޖާބިރަށް ލިބިފައިވަނީ 203 ވޯޓެވެ. އަދި ރިފްއަތަށް ލިބިފައިވަނީ 421 ވޯޓެވެ.
ޖާބިރަކީ މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ހ. ތިމާވެށި އަބްދުﷲ ޖާބިރަށް އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ