މަޑިފުށީ ރައްޔިތުން ބުނީ "ތިޔައީ ރައްޔިތުންގެ ޙާލަތު އެންމެ ގާތުން ބައްލަވާ އެންމެ އިންސާފުވެރި ފަރސްޓް ލޭޑީ"

ރައީސް ޔާމީން ގެ އަނބިކަނބަލުން، މެޑަމް ފާތުން ތ.އަތޮޅުގެ ރަށްތަކަށް ކުރަމުން ގެންދާ ޒިޔާރަތުގެ ތެރެއިން ތ.މަޑިފުއްޓަށް ވަޑައިގެންފިއެވެ.
އެ ކަމަނާ އަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ކުދި ބޮޑު އެންމެން ބަނދަރު ސަރަޙައްދަށް ނިކުމެ ތަފާތު ހަރަކާތްތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.
މެޑަމްގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި އޮޅުންފިލުވައި، ރައްޔިތުންނަށް ހުރި ދަތިތައް ޙައްލު ކޮށްދެއްވަން އެކަމަނާ މަސައްކަތް ކުރައްވާނެއެވެ.
އެގޮތުން ރަށުގެ ކަނބަލުންނާއި ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތް ތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ބަނދަރު ގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާތީ ރައްޔިތުންވަނީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
"އެންމެ ގާތުން" ކެމްޕެއިން ގެ ދަށުން މެޑަމް ފާތުން ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އަދި ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒއާއި އިކޮނޮމިކް މުހައްމަދު ސައީދު އާ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އާއި ޕީޕީއެމްގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާ މާފަންނު އުތުރު ދާއިރާ ގެ މެމްބަރު އަސްމާ ގެ އިތުރުން ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވެސް ހިމެނެއެވެ.
މެޑަމް ފާތުން އިސްވެ ހުންނަވައިގެން އެކަމަނާގެ ޓީމުން ކުރައްވާ މި ދަތުރުފުޅުގައި، ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގަތީ އެ އަތޮޅު ވިލުފުއްޓަށެވެ. މި ދަތުރުގައި އެކަމަނާ ދެން ވަޑައިގަންނަވާނީ އެއަތޮޅު ގުރައިދޫ އަށެވެ.
މެޑަމް މިއަދު މަޑިފުއްޓަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުޙަބާ ވިދާޅުވެ އެރަށުގެ ރައްޔުތިން ބުނަމުން ގެންދިޔައީ " ތިޔައީ ރައްޔިތުންގެ ޙާލަތު އެންމެ ގާތުން ބައްލަވާ އެންމެ އިންސާފުވެރި ފަރސްޓް ލޭޑީ" އެވެ.
މި ދަތުރުފުޅުގައި ތ.އަތޮޅުގެ 8 ރަށަކަށް މެޑަމް ޒިޔާރަތްކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ