ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލައަށް، އަންނަ ހަފްތާގައި ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ، ފުވައްމުލަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން މިހާރު އެރަށަށް 800 ކިލޯ ވޮޓުގެ ޖަނެރޭޓަރަށް ގެންގޮސް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށާއި، މިރޭ ކަރަންޓު ދެވޭނެ ކަމަށެވެ. މިއާއެކު ރަށުގެ ބޮޑު ބަޔަކަށް ކަރަންޓުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް ލަންޢާން ވިދާޅުވިއެވެ.
ލަމްޢާން ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން އަންނަ ހަފްތާގައި އެރަށަށް 1 މެގަ ވޯޓުގެ ޖަނަރެޓޭއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއާއެކު ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ދިމާވުމާއި ގުޅިގެން ދޭތެރެ ދޭތެރެއިން އަންނަނީ ވަކި ގަޑިތަކެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ދިމާވަމުންދަނީ ފުވައްމުލަކު ގައިހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1 މެގަވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުވައްމުލަކުގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަމުން އަންނަނީ 4 ޖަނެރޭޓަރެވެ. އެއީ 1 މެގަ ވޮޓުގެ 2 ޖަނެރޭޓަރާއި، 1.2 މެގަ ވޮޓުގެ 1 ޖަނެރޭޓަރާއި 800 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލައަށް، އަންނަ ހަފްތާގައި ދާއިމީ ޙައްލެއް ލިބިގެންދާނެ – ލަމްޢާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ