ރާއްޖޭގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އުފައްދާފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގައި އެމަނިކުފާނާ ޖުމްހޫރީ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އިއްތިހާދުގައި ޖޭޕީގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާތީއާއި އިދިކޮޅު ހަރަކާތްތަކުގެ އިސް ސަފުގައި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ހުންނަވާތީ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއަށް ސަޕޯޓް ކުރާ ކަމަށް ބުނެ އެމަނިކުފާނާ ހަވާލާދީ ސޯޝަލް މީޑިއާގައި ފަރުތަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އިދިކޮޅު ހަރަކާތްތަކުގައި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ މައްސަލައާއި ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުންނާއި އެކު "ފޮޓޯ ނަގަން" އަމީން ބައިވެރިވުމަކީ ޖޭޕީގެ ނިންމުމެއް ނޫން ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އަމީން ބައިވެރިވެވަޑައިގަތުމާ އަދި އޭގެ ފަހުން އަމީން ކުރެއްވި ކަންކަމަކީ ޖޭޕީއަށް އެނގިގެން ކުރެއްވި ކަންކަމަށް ނުވާތީ ޖޭޕީން އެކަންކަން ބަލާނެ ކަމަށެވެ.
އިދިކޮޅު އިއްތިހާދުގައި ޖޭޕީގެ ބައިވެރިވުމެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ