ކުރިއަށް އޮތް 5 އަހަރަށް ސާއިދުގެ ބޫޓް މެމްބަރު ފައިސަލް ސްޕޮންސާ ކޮށްފި

ރީޔޫނިއަންގައި ނިމިގެންދިޔަ ނުވަ ވަނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ބޫޓް ކުރިއަށް އޮތް ފަސް އަހަރަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ސްޕޮންސާ ކޮށްފި އެވެ.
ސާއިދުގެ ބޫޓް ފަސް އަހަރަށް ސޮޕޮންސަ ކުރުމަށް މެމްބަރު ފައިސަލް ނަސީމް ނިންމެވީ، ސާއިދު ހޯދި ކާމިޔާބީގެ އަގުވަޒަން ކުރުމުގެ ގޮތުން، ސާއިދު އާއި އޭނަގެ އާއިލާ އަދި ގާފަރު ރައްޔިތުންނާއެކު ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ކެއުމެއްގައެވެ.
އައިއޯއައިޖީގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު ރާއްޖެއަށް ރަން މެޑަލް ހޯދައިދިންއިރު، 200 މީޓަރު ދުވުމުން އޭނަ ވަނީ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފަ އެވެ.
ސާއިދު ހޯދި ކާމިޔާބީގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން އިއްޔެ ވަނީ އޭނައަށް 350000 ރ. ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ