ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިމާޔަތްކޮށްް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސާބިތުކަމާއެކު ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކުރިއަށްދާ "އަސުރުމާ" ކެމްޕޭނަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އިބްރާހީމް ވިދާޅުވީ ގައުމެއްގައި ގާނުނީ ގޮތުން ބާރު ލިބިފައިވާ ވެރިޔަކަށް އަމާޒުކޮށް ހަމަލާއެއްދީ ފުރާނަފުޅަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެެވެ.
"ގައުމުގެ ވެރިޔަކަށް އަމާޒުކޮށް ހަމަލާއެއްދީ ފުރާނަފުޅަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އެއީ އަޅުގަނޑު ވަރަށް ނުގަބޫލު އަދި ވަރަށް ބޭނުން ނޫން ކަމެއް. އެއީ ވަރަށް ބޮޑު ޖަރީމާއެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ރައީސް ޔާމިނާއި ސަރުކާރާއި މެދުގައި ހިތްޕުޅުގައި ވަރަށް ބޮޑު އިހުލާސްތެރި ޝުއޫރުތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ އެމަނިކުފާނުގެ ތާއީދާއެކު ހޮވުނު ސަރުކާރެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީނާއި މި ސަރުކާރުގެ ގާނޫނީ ބާރު ގެއްލިގެންދާން ބޭނުންފުޅު ނުވާ ކަމަށެވެ.
"މި ސަރުކާރަކީ އަޅުގަނޑުގެވެސް ތާއީދާއެކު ހޮވުނު ސަރުކާރެއް. އަޅުގަނޑު މިހާރު އެއްވެސް ހާލެއްގައި ބޭނުމެއް ނުވޭ ނިކަމެތި ކަމުގެ ތެރެއިން ގޮސް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ނެރެ އެއްލާލާކަަށެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މި ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުންނާއި އެނޫންވެސް ގޮތް ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްޓަކައި ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.
ސަރުކާރު ހިމާޔަތްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ