ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް އަދި ރައްޔިތުންގެ ގިނަ ބައަކުވެސް މިއަދު ބުނީ އެންމެންވެސް ބޭނުންވަނީ ހިތްވަރު ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްޓަކައި ޤާސިމް އިބްރާހީމް އެމްއެމްއޭ ސަރަހައްދަށް ވަޑައިގަތުމުން އެތަނުގައި ތިބި އެންމެން ވެސް ޤާސިމް އިބްރާހީމް އަށް ދަންވަމުން ގެންދިއައީ ހިތްވަރުފުޅު ވަރުގަދަކުރެއްވުމަށެވެ.
ޤާސިމް އިބްރާހީމްވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ހިތްވަރު ވަރުގަދަކުރުމަށެވެ. "މާތްﷲ ހައްޤަށް ނަޞްރު ދެއްވަވާނެ. އަޅުގަނޑު ޤާނޫނާ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރަން. އެއްވެސް ކުށެއް ނުކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ހައްޤަށް މާތްﷲ ނަޞްރު ދެއްވަވާނެ ކަމަށެވެ. އޮތީ ކެތްތެރިކަމާއިއެކު ސާބިތުވެތިބުން ކަމަށެވެ.
ޤާސިމް އިބްރާހީމް ފުލުހުންގެ މަރުކަޒަށް ވަޑައިގެންނެވިވަގުތު ފުލުހުން ވަނީ ރައްޔިތުންނަށް އެއްބާރުލުން ދީފައެވެ. ފުލުހުން ކަނޑައަޅާފައިވާ ސަރަހައްދާއިހަމައަށް ޤާސިމްގެ އަރިއަހުގައި ދިއުމުގެ ފުރުޞަތު ދިނެވެ، ރައްޔިތުން ހުއްޓުވީ ޗާންދަނީމަގު ޖުމްހޫރީ މައިދާން ކަންމަތިންނެވެ.
ޤާސިމް އިބްރާހީމް ވެސް ރައްޔިތުން ވެސް ބޭނުންވަނީ ހިތްވަރުކުރަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ