ޖުމްހޫރީ ޕާޓީގެ ލީޑަރު ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރަމުން ގެންދަނީ ބިރު ދެއްކުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ގާސިމް މިއަދު ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅިގެން އުމަރު ގެންގުޅުއްވާ ޕަބްލިކް ވައިބާ ޗެޓް ގުރޫޕްގަ އެވެ.
އުމަރު ވިދާޅުވީ ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށްގެން ބިރުދެއްކުމަށް ކުރާ މަސައްކަތް އެންމެ ރަނގަޅަށް އިހްސާސް ކުރެއްވޭނެ އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.
"އެހެނީ މި ދެ ބޭފުޅުން އެކުގައި ދޫނިދޫގެ އެއް ކޮޓަރިއެއްގައި ހަމަ މިގޮތަށް ބިރު ދައްކަން ހައްޔަރުކޮށްފައި ތިބި ކަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާސިމް އިބްރާހީމާއި ރައީސް ޔާމީން ހައްޔަރުކުރި މައްސަލައަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކޮށް ފުލުހުން އެމަނިކުފާނަށް ތުހުމަތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ގާސިމް އިބްރާހީމާއި ރައީސް ޔާމީން ހައްޔަރުކުރީ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭ ވަރުގެ ހެކި ލިބިފައެއް ނުވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ބިރު ދައްކަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ