މެމްބަރު ލަތީފް ހއ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީއަށް މެޝިނެއް ހަދިޔާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހއ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީއަށް ޓެސްޓް މެޝިނެއް ހަދިޔާ ކުރައްވައިފި އެވެ.ލެބޯޓްރީގައި ބޭނުންކުރާ ސެލެކްޓްރާ ކެމިސްޓްރީ މެޝިން ހއ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މެމްބަރު ލަތީފެވެ. ހޮސްޕިޓަލްގެ ފަރާތުން އެ މެޝިނާ ހަވާލުވީ މެނޭޖަރު މުހައްމަދު ހަސަނެވެ.ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާގެ އެ މެޝިނަކީ މެޑިކުއިޕްގެ އެހީތެރިކަމާ އެކު ހަދިޔާކުރި އެއްޗެއް ކަމަށް މެމްބަރު ލަތީފް ވިދާޅުވި އެވެ. އެ މެޝިންގެ އިތުރުން ފަސް ޑިޖިޓަލް ތާމޯ މީޓަރު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.ކުރިން އެ ހޮސްޕިޓަލުން ނެހެދޭ ބައެއް ޓެސްޓްތައް ކުރިއަށް އޮތްތަނުގައި ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.މީގެކުރިން ލަތީފް ވަނީ ދިއްދޫގައި އެއް ލައްކަ ރުފިޔާގެ އަގުހުރި ގުރުއާން މުބާރާތެއް ވެސް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ