ސޮނޭވާ ޖާނީ ޓޫރިސްޓުންނަށް ހުޅުވާލައިފި

ސޮނޭވާ ގްޕޫރުން ރާއްޖޭގައި ހުޅުވި "ސޮނޭވާ ޖާނީ" ރިސޯޓު ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 2014 ވަނަ އަހަރު "ހިލް ސައިޑް ވިލާ" ކުންފުންޏަށް ދޫކޮށްފައިވާ ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީ މިމަހުގެ 26 ވަނަ ދުވަހު ޓޫރިސްޓުންނަށް ހުޅުވާލާފައިވާ ކަމަށާއި، މި ރިސޯޓުގެ 18 ވިލާގައި 36 އެނދު ހިމެނޭ ކަމަށެވެ.
ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ އެންމެ ފެންވަރު މަތީ މި ރިސޯޓުގައި ވިލާތައް ހުންނަނީ ފަސް ކިލޯ މީޓަރު ދުރަށް އަތުރާލާފަ އެވެ. މި ތަނުގައި ހަދާފައިވާ ސިނަމާއަކީ ރާއްޖޭގެ ރިސޯޓެއް މިހާތަނަށް ހަދާފައިވާ ފުރަތަމަ ސައިލެންޓް ސިނަމާ އެވެ.
އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީއަކީ ހިންގާ ކުންފުނިން ރާއްޖޭގައި ސޮނޭވާ ފުށީގެ ނަމުގައި ރިސޯޓެއް ހިންގާއިރު، ތައިލެންޑުގައި ސޮނޭވާ ކިރީގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ