ގާސިމް އިބްރާހިމްގެ ޝަރީއަތް މާދަމާ ރޭ 8:30 އަށް ތާވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން މާދަމާ ރޭ 8:30 އަށް ތާވާލުކޮށްފިއެވެ.
ގާސިމް އިބްރާހިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ ރޭ 8:30 ގައި ބޭއްވުމަށް ތާވަލުކޮށްފައިމިވަނީ މިއަދު ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކޮށްފައިވަނިކޮށެވެ.
ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކުރުމަށް ގާސިމް ކޯޓަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ.
ލިޔުންތަކާ ހަވާލުވެވަޑައިގަތުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކުރި ނަމަވެސް ޝަރީއަތް ފަށާނެ ވަކި ދުވަހެއް ކޯޓުން މިއަދު އަންގާފައި ނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ތަފްސީލް އަންނަނީ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ