ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ނަމަވެސް އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކަންކަން ހަމަ ޖައްސަދޭން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ބޭސްފަރުވާ ހޯދުމަށް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަ ޖައްސަދޭން ޖެހޭ އިންތިޒާމްތައް ހަމަ ޖައްސަދޭން ކަމާ ގުޅުންހުރި އިދާރާތަކުގެ މައްޗަށް އަމުރު ނެރުނީ ގާސިމްގެ މައްޗަށް މިރޭ އިއްވި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުގަ އެވެ.
ގާސިމް އިބްރާހިމްގެ ގައިގާ ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭނެ ކަމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާކަން ގާސިމްގެ ފަރާތުން ހުށަހެޅި ލިޔެކިއުންތަކުން ފެންނަން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.
އެހެން ކަމުން މި ހުކުމް ތަންފީޒު ކުރުމަކީ ރާއްޖެއިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ޓެސްޓްތައް ހެދުމާއި ލިބެން ޖެހޭ ފަރުވާ ލިބެން އޮތް ހުރަހަކަށް ވެގެންނުވާނެ ކަމަށް ބުނެފައިވެ އެވެ.
ގާސިމްގެ މައްޗަށް މިރޭ ދަންވަރު ހުކުމް ކޮށްފައިވަނީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އަދި މައްސަލާގެ ހުކުމް ކޮށްފައިވަނީ ބަލި ހާލުހުރި ގޮތުން ޝަރީއަތައް ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ހުކުމް އިއްވާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށްނިންމައިގެންނެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަ ޖައްސަދޭން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ