ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ދެންމެ އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުމަށް މެންދުރު 2:30 ގައި ބޭއްވި އަޑުއެހުމުގެ ޝަރީއަތުގައި އިންނަވަނިކޮށް ގާސިމް އަނބުރައި ގަނެގެން ވެއްޓުމާ ގުޅިގެން އޭނާ މިހާރު ވަނީ އެމްބިއުލެންސްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ގާސިމް ކޯޓުން ނެރެގެން އެމްބިއުލެންސަށް އެރުވީ ސްޓްރެޗަރުގަ އެވެ.
ގާސިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އެ އަޑުއެހުންތަކާ ގުޅޭ ތަފުސީލުތަކެއް މީޑިއާއަކަށް ނުލިބެ އެވެ.
ތަފުސީލް އަންނަނީ...
ގާސިމް އަނބުރައިގަނެގެން ކޯޓުރޫމުގެ ތެރެއަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ