ބިލެއްފަހި އިންޖީނުގެ އެދުމުން 2.27 މިލިއަން ރުފިޔާގެ ގެއްލުން

ށ. ބިލެއްފަހީގެ އިންޖޫނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 2.27 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބިލެއްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެތަނުގައި އެއްކޮށް އަލިފާން ހިފައި އިންޖީނުގެ ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ލިބުނު ގެއްލުމުގެ ތަފްސީލް ބަލަމުން އަންނަ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި 2.27 މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭގެ ހާދިސާއަށް ފަހު އޭގެ އެއް ދުވަސް ފަހުން ރޭ 12:27ގައި ވަނީ އެ ރަށަށް ކަރަންޓްދީފަ އެވެ. އަލުން ކަރަންޓް ދިނުމަށް އެ ރަށަށް ވަނީ އެ އަތޮޅު ފޭދޫން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސް ވަގުތީ ސެޓަޕެއް ގާއިމްކޮށްފަ އެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް 1.9 ކިލޯ މީޓަރު އަދި ފުޅާމިނުގައި 600 ވަރަކަށް މީޓަރު ހުންނަ ބިލެއްފައްސަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ