ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް މައުމޫނު ގޮވާލައްވައިފި

ސްރީލަންކާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވުމާގުޅިގެން ރާއްޖެއިން ކޮވިޑްގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދާ ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
މިއަދު ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި އަވަށްޓެރި ސްރީލަންކާގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ލޮކްޑައުނަކަށް ގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާއެކު ރާއްޖޭގައިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ @HPA_MV— Maumoon Abdul Gayoom (@maumoonagayoom) August 21, 2021
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ސަރުކާރުންވަނީ ލުއިދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ ލުއިތަކެއް ލިބިގެންދާގޮތަށް އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ.
އެއާއެކު ދަތުރުފަތުރުކުރާމާއި އެހެނިހެން ކަންކަމުގައި ހިފެހެއްޓިފައިހުރި ކަންކަމަށް ވަރަށް ބޮޑަށް ވަނީ ލުއި ލިބިފައެވެ.
މިމަހުގެ ނިޔަލަށް ރާއްޖޭގެ އާބަދީގެ %90އަށް ވެކްސިން ޖެހުމަކީ ސަރުކާރުގެ އަމާޒެކެވެ. ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގައިވެސް ވަނީ ހަރުކަށި ގޮތްތަކެއް ކަނޑައަޅައި އަމަލުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ