ޒީޓީވީގެ ސަރެގަމަޕާ ގެ ޖަޖަކަށް ޝަންކަރު މާދަވަން

25 އަހަރުވެފައިވާ ޒީ ޓީވީގެ ސިންގިން ރިއަލިޓީ ޝޯ ސަރެގަމަޕާގެ ސަރެގަމަޕާ ލިޓްލް ޗޭމްޕް އައު ސީޒަން ފަށަން ތައްޔާރުވެފައިވާއިރު މި ޝޯއަކީ އެތައް ލަވަކިޔުންތެރިންނެއް އުފައްދާފައިވާ މަޝްހޫރު ޝޯއެކެވެ. ހިންދީ ސިނަމާތަކުގައި ޕްލޭބެކް ސިނގަރ އެއްގެ ގޮތުގައި އެންމެ ރީތި އެއް އަންހެން އަޑު ޝްރެޔާ ގޯޝަލްއަކީވެސް މި ޝޯގެ ތެރެއިން އުފަންވެ ބޮލީވުޑްގައި މިހާރު ރަނިކަން ކުރަމުން އަންނަ ލަވަކިޔުންތެރިއެކެވެ.
މިފަހަރު މި ފަށާ އައު ސީޒަންގެ ޝޯގެ 3 ޖަޖުންގެ ތެރެއިން 2 ޖަޖުން ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިން އަދި މިޔުޒިކް ކޮމްޕޯސަރުންކަމަށްވާ ވިޝާލް ދަދްލާނީ އާއި ހިމޭޝް ރޭޝްމިޔާ މިހާރުވެސް ވަނީ ކަނޑައަޅާފައެވެ.
ޝޯގެ ތިންވަނަ ޖަޖެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ކޮމްޕޯސަރ ޝަންކަރު މާދަވަން ހަމަޖައްސާފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ޝޯގެ ފުރަތަމަ ސީޒަނަށްފަހު ޝަންކަރު މި ޝޯގައި ޖަޖެއްގެ ގޮތުގައިމި ބައިވެރިވަނީ 8 އަހަރު ފަހުންނެވެ.
މިކަން ޙިއްޞާކުރަމުން ޝަންކަރު ބުނީ ސަރެގަޕަމަޕާ އަކީ ލަވަކިޔުމުގެ ހުނަރު ދައްކާލަން އެންމެ ރަގަޅު ޕްލެޓް ފޯމްކަމުގައެވެ. އަދި މިޔުޒިކް ކޮމްޕޯސަރެއްގެ ހައިސިއްޔަތުން އަބަދުވެސް ބޭނުންވަނީ އައު ހުނަރުތަކެއް ހޯދުމަށްކަމަށާއި މިކަހަލަ ރިއަލިޓީ ޝޯތަކުން ގާތްގަޑަކަށް 30 ވަރަކަށް ހުނަރުވެރި ލަވަކިޔުންތެރިން ލައްވާ އޭނާގެ އެކި އަލްބަމްތަކަށް ލަވަކިޔުއްވާފައިވާކަމަށްވެސް ޝަންކަރު ބުނެއެވެ.
މި ޝޯ ދައްކަން ޒީ ޓީވީން ވަރަށް އަވަހަށް ފަށާނެއެވެ،. 1995 ވަނަ އަހަރު ޒީ ޓީވީން ދައްކަން ފެށި މި ޝޯއަކީ އިންޑިއާގެ އަމިއްލަ ޓީވީ ޗެނަލަކުން އެންމެ ގިނަދުވަހު ދައްކާފައިވާ ޝޯއެވެ. އަދި މުޅި އިންޑިއާގައިވެސް އެންމެ ގިނަ ދުވަސްވީ ރިއަލިޓީ ޝޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ