ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 06:25 އިން މެންދުރު 12:00 އަށެވެ.
މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އިއްޔަވެސް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް އޮރެންޖް އެލާޓް ނެރެފައިވެއެވެ. އަދި ކަނޑުގަދަވެ ސަފާރީއެއް އަޑިއަށް ގޮސް އޭގެން މީހުން މަރުވެފައިވެއެވެ.
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ